ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކާރުކޮޅު ޕާކުކޮށްފައި އޮއްވާ ފެންއެއްޗެއް ބަންޑުންކޮށްލި މައްސަލައެއް ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ، ކާރުކޮޅު ޕާކުކޮށްފައި އޮތް ސަހަރައްދުގެ އިމާރާތެއްގެ އެޕާޓުމަންޓަކުން ފެންއެއްޗެއް ބަންޑުންކޮށްލި ކަމަށް ބެލެވޭ މައްސަލައެއް ބަލަމުން ދާ ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމަތު ލިބިފައިވަ ގޮތުގައި، އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ހީމާނާގެ ކައިރީގައި ކާރުކޮޅު އޮއްވައެވެ. ހާދިސާ ހިނގި ވަގުތު ކާރުކޮޅުގައި އިނީ ޑްރައިވަރު އެކަނި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކާރުކޮޅަށް ފެންއެޗެއް ބަންޑުން ކޮށްލި މިހާދިސާ ހިނގާފައި މިވަނީ މިއަދު އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ އިސްވެރިންނާއި ރައީސް ސޯލިހު، އެޕާޓީގެ ކެމްޕޭން ޕޯސްޓަރު ހަރުކުރައްވަން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަމުން ގެންދަވަނިކޮށެވެ.

އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބަށް ނުކުންނަ ފަރާތްތަކަށް ތާއީދު ހޯދުމުގެ ގޮތުން، ކެމްޕޭން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް އެބަ ގެންދެއެވެ.