ޒިންމާދާރު މަގާމެއްގައި ހުރި މީހަކު ކުޑަކުދިންތަކަަކަށް ޖިނަސީގޯނާ ކޮށްފައިވާ މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ސައުތް ސެންޓްރަލް ޕޮލިސް (ތ،ލ) ގައި ހިމެނޭ ރަށެއްގައި ޒިންމާދާރު މަގާމެއްގައި ހުރި މީހަކު ކުޑަކުދިންތަކަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުނެއެވެ.

މިހާތަނަށް އެ މައްސްލައިގައި އެއްވެސް މީހަކު ހައްޔަރުކޮަށްފައި ނުވާ ކަމަށާއި އެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ޒިންމާދާރު މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަމުން ދާއިރު، މިހާރަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު އިތުރުވެފައިވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ދަރުމަވެރިޔާ އަދި ކުރީގެ ޑިސެބިލިޓީ އެމްބެސެޑަރު އަހްމަދު ހިޝާންގެ މައްސަލައެއްވެސް މިހާރު ދަނީ ބަލަމުންނެވެ.