ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރަން މަސައްކަތް ކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހުވަދު އަތޮޅުގެ ރަށެއްގައި މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަން ބިދޭސީ ފިރިހެނަކު އުޅުނު މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ، މި މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 2:30 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

މި މައްސަލާގައި ހިމެނޭ ބިދޭސީ މީހާއަކީ ގަވާއިދާ ހިލާފަށް އެރަށުގައި ދިރިއުޅޭ މީހެއް ކަމާށާއި، އޭނާގެ އެއްވެސް ޑޮކިއުމަންޓެއް ނެތް ކަމަށް ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިތުރު ތަފްސީލު އަންނަނީ..