ހަލުވި ކަމާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ބޭނުންކުރާ މާސްކާއި ސެނިޓައިޒާ ފަދަ ތަކެތި އަގުބޮޑުކޮށް ނުވިއްކާ އެތަކެތި ހިލޭ ބެހުމަށް ވިޔަފާރިވެރިންނަށް ދީނީ އިލްމުވެރިޔާ އައްޝައިހް އަލީ ޒައިދު ގޮވާލައްވައިފިއެވެ.
ޝެއިހް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަދު ލާރިކޮޅަކަށްޓަކާ ހާލަތުގެ ނާޖާއިޒް ފައިދާ ނަގައިގެން މާސްކާއި ސެނިޓައިޒާގެ އަގު ބޮޑުކުރަން ހެޔޮ ނުވާނެ ކަމަށެވެ. އޭނާ ވަނީ ހިލޭ އެތަކެތި ބެހުން ކިހިނެއްވާނެތޯ ސުވާލު ކުރައްވާފައެވެ. އެކަމަށް ވިސްނުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
ޝެއިހް ޒައިދު މިފަދައިން ވިދާޅުވެފައި މިވަނީ ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖެއިން ވެސް ޝައްކު ކުރެވޭ މީހަކު ފެނި އަދި އެ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ގިނަބަޔަކު މާސްކާއި ސެނިޓައިޒާ ގަންނަމުންދާތީ އެތަކެތި ބާޒާރުން ލިބުން ދަތިވެ އަގުބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
ކޮރޯނާއަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިފައިވާކަން ހެލްތު މިނިސްޓްރީން އިއުލާންކުރީ ރޭގެ ވަގުތެއްގައެވެ. އަދި އެވަގުތުން ފެށިގެން ގިނަބަަކު މާސްކާއި ސެނިޓައިޒާ ގަތުމަށް ފާމަސީތަކަށް ދިޔަ ނަމަވެސް އެތަކެތި ބައެއް ފާމަސީތަކުން ހުސްވެފައި ހުރި ކަމަށްބުނެ ސޯޝަލް މީޑިއާގައި މިއަދު މީހުން އަންނަނީ މި ވާހަކަތައް ވަރަށް ބޮޑަށް ދައްކަމުންނެވެ. އަދި ބައެއް ފާމަސީތަކުން މިތަކެތި އަގުބޮޑު ކޮށްފައިވާ ކަމަށްވެސް ބައެއް ފަރާތްތަކުންވެސް އަންނަނީ ބުނަމުންނެވެ.
މިހާތަނަކައް އެއްވެސް ޚަބަރަކުން ސާފެއްނުވޭ ތިބުނާ ވައިރަކުން ޗައިނާގަ އެއްވެސް އިސްލާމަކު މަރުވި ކަމެއް އަދި މަރު ނުވާކަމެއްވެސް އެކަމަކު މި ވައިރަހަކުން އެްންމެ ނުރައްކާވެގެން އުޅޭ ތަނަކީ ދިވެހި ރާއްޖެ ހެން ހީވާހާ ވަރު ވެއްޖެ !!! މީވެސް ހަމަ ފާޅު ކޮއްލިޚިޔާލެއް