ހުޅުލެއާއި ހުޅުމާލެ ގުޅާލާފައިވާ ހައިވޭގައި ދުއްވާފައި ދިޔަ ޕިކަޕެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ހުޅުމާލެ ކޮޅުން ބްރިޖަށް އަރަން އުޅުނު ޕިކަޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި ރިޕޯޓް ލިބުމާއެކު ފަޔާ ޓީމުން އެސަރަހައްދަށް ދިޔަ އިރު، ޕިކަޕްގައި ރޯވެފައިވާ އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަން ސާފެއްނުވެއެވެ. އަދި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއްވެސް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

މިއީ މިފަދަ ހާދިސާއެއް ބްރިޖު ހައިވޭގައި ހިނގި ފުރަތަމަ ފަހަރެވެ. މިހާދިސާގައި އަލިފާން ރޯވި ޕިކަޕަކީ ކިހާ ޒަމާނެއްވެފައި އޮތް ޕިކަޕެއް ކަމެއް ނުވަތަ، ރޯޑްވާދިނަސް ހަދާފައިކަމެއް ނުވަތަ ނުހަދާ އޮތް ކަމެއް އަދި ސާފެއް ނުވެއެވެ.