މިދިޔަ އަހަރު ރާއްޖޭގައި 3000 އަށް ވުރެ ގިނަ ވަރިކޮށްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޑީޖޭއޭއިން މިއަދު ނެރުނު ތަފާސް ހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރު ވަނީ 3432 ވަރި ކޮށްފައެވެ.

މިއީ 2018 ވަނަ އަހަރާ ބަލާއިރު 8.5 ޕަސެންޓުގެ އިތުރު ވުމެކެވެ. 2018 ވަނަ އަހަރު ރާއްޖޭގައި ކޮށްފައިވަނީ 3166 ވަރިއެވެ.

މިއަދު ނެރުނު ކައިވެނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު 5035 ކައިވެނި ކޮށްދީފައި ވެއެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 4.8 ޕަސެންޓުގެ އިތުރު ވުމެކެވެ. 2018 ވަނަ އަހަރު ކޮށްފައި ވަނީ 5290 ކައިވެންޏެވެ.

އާބާދީ ކުޑަ ގައުމުތަކުގެ ތެރެއިން ރާއްޖެ އަކީ މުޅި ދުނިޔޭން އެންމެ ވަރި ގިނަ ގައެވެ.