ހުޅުމާލޭ އިން މާލެއަށް ދަތުރު ކުރަމުންދިޔަ ޓެކްސީއަކުން 20 ފުޅި ބަނގުރަލާއެކު ދެ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ އިން މާލެއަށް ދަތުރުކުރަމުން ދިޔަ ޓެކްސީއެއްގައި ބަނގުރާ ހުރިކަމަށް މިއަދު ހަވީރު 5:14 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެމައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން ޝައްކު ކުރެވޭ ޓެކްސީ ހުއްޓުވައި، އެޓެކްސީގެ ޑިކީގައި ހުރި ދަބަހެއް ބަލައި ފާސްކުރި އިރު 20 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. އެމައްސަލައާ ގުޅިގެން ޓެކްސީގައި ތިބި 23 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކާއި 24 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.