ދިރާގު ޓީވީއިން މަޝްހޫރު ފިލްމީ ތަރި އައްޒައާ އެކު މުޅިން އާ ދިވެހި ކޮންޓެންޓް އުފެއްދުމަށް ސޮއިކޮށްފިއެވެ.
މި ކޮންޓެންޓްތައް ދިރާގުޓީވީގެ ވީއޯޑީ އޮން ޑިމާންޑް ލައިބްރަރީ އިން މިއަހަރު ތެރޭގައި އާންމުންނަށް ފެނިގެންދާނެކަމަށް ދިރާގުން ބުނެއެވެ. މިކަމާއި ގުޅިގެން އައްޒަ ބުނީ ދިރާގު ކަހަލަ ބޮޑު ކުންފުންޏަކާއެކީ މިކަހަލަ ބޮޑު ޕްރޮޖެކްޓެއްގައި މަސައްކަތް ކޮއްލަން ލިބުމަކީ ފިލްމީކެރިއާގައި ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށާއި، އަދި ހަމަ އެހާމެ ބޮޑު ނަސީބެއް ކަމަށެވެ. އަދި ދިރާގަކީ ފަންނުވެރިންގެ މަސައްކަތް އަގު ވަޒަންކުރާ އަދި ހާއްސަ ގޮތެއްގައި ފިލްމީ ފަންނާނުންގެ މަސައްކަތަށް ހިއްވަރުދީ، މާލީގޮތުންނާއި، ފަންނީގޮތުން ދާއިރާ އެހެން ހަރުފަތަކަށް ގެންގޮސް ދިނުމަށް ޕްލޭނަކާއެކު ވަރަށް ބުރަމަސައްކަތްތަކެއް ކުރަމުން އަންނަ ފަރާތެއް ކަމަށެވެ.
ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. އެގޮތުން ދިރާގު ޓީވީ ތައާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައިއެވެ. މިހާރު ރާއްޖޭގެ އާބާދީގެ %74 ޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ. މީގެ އިތުރުން، ދިރާގުޓީވީ އަކީ ވީޑިއޯ އޮން ޑިމާންޑްގެ ފީޗަރ ހިމެނޭ ހަމައެކަނި ޚިދުމަތްވެސެ މެއެވެ. ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑް އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.
ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެގޮތަކަށް ފަރުމާކުރެވިފައިވާ މި ޕްލެޓްފޯމު މެދުވެރިކޮށް ދިރާގުން ދަނީ ދިވެހި އުފެއްދުންތަށް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީއޯޑީ އޮންޑިމާންޑް ޕްލެޓްފޯމުގައި ހާއްސަ ފުރުސަތުތަށް މަގު ފަހިކޮށްދެމުންކަމަށް ދިރާގުން ބުނެއެވެ. ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ އަދި ދިވެހި ކޮންޓެންޓް ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުންކަމަށް ދިރާގުން ބުނެއެވެ.