ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް ގުޅިގެން ބޭއްވި "ޖެންގޯ ގާލްސް މާލެ" ވޯކްޝޮޕް ނިންމާލައިފި އެވެ.
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން 'ޖެންގޯ ގާރލްސް މާލެ' ނަމުގައި މިމަހުގެ 17 ވަނަ ދުވަހާއި، 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ވޯކްޝޮޕްނިމި ބައިވެރިންނަށް ހަނދާނީލިޔުންދީފިއެވެ. ޖުމްލަ 28 ބައިވެރިންނާ އެކު ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުކޮށް ބާރުވެރިކުރުވުންކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ "ޖެންގޯ ގާރލްސް މާލެ" ވޯކްޝޮޕުގައި ޕައިތަން އަދި ޖެންގޯ ފްރޭމްވޯކު ބޭނުންކޮށްގެން ބައިވެރިންނަށްވަނީ ވެބްސައިޓް ހަދަންވަނީ ދަސްކޮށްދީފަ ކަމަށެވެ. އަދި މި ވޯކްޝޮޕްގައި މެންޓާސް ނުވަތަ ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ވިމެން އިންޓެކް މޯލްޑިވްސް އިން2019 ގައި ހިންގި ޖެންގޯ ކޯޗުން ތައްޔާރުކުރުމުގެ ޕްރޮގްރާމްގެ 12 ބައިވެރިންންކަމަށާއި، މި ވޯކްޝޮޕް ހާއްސަ ކުރެވިފައިވަނީ 16 އަހަރުން މަތީގެ އަންހެން ބައިވެރިންނަށްކަމަށް ދިރާގުން ބުނެއެވެ.
ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން ވަނީ އެހާ ކުޑަ ދުވަސް ކޮޅެއްތެރޭގައި މި ޕްރޮގްރާމުގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ އަދަދު އިތުރު ވުމުން އެކަމާ ވަރަށް އުފާފާޅުކޮށްފައެވެ.
"ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ދައުރު އަދިވެސް ފެންނަނީ ވަރަށް މަދުން. އެހެން ނަމަވެސް މި ޕްރޮގުރާމުގައި ބައިވެރިވި އަންހެނުންގެ އަދަދު އެންމެ 4 ދުވަހުގެ ތެރޭގައި ޑަބަލް ވެގެން ދިޔުމުން ވަރަށް އުފާވި. މީގެން އަންގައިދެނީ އަންހެނުން މި ދާއިރާއަށް ޝައުގުވެރިވާކަން އަދި އަންހެނުންނަށް ފުރުސަތުތަށް ހޯދައިދިނުމުގެ މުހިންމުކަން. ސަބަބަކީ މި ދާއިރާއަކީ ގޭގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވާ އަންހެނުންނަށްވެސް ކުރެވޭނެ މުހިންމު މަސައްކަތަކަށް ވުމުން" ވިމެން އިން ޓެކް މޯލްޑިވްސް ގެ ކޯ ފައުންޑާ، އައިޝަތު އަދުނާނު ވިދާޅުވިއެވެ.
ނިމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު، ރައީސް އޮފީހުގެ ސެކްރެޓަރީ އޮފް ޕޮލިސީ އާމިނަތު ޝައުނާ ވިދާޅުވި ގޮތުގައި އަންހެނުންގެ ދައުރު ޑިޒިޝަން މޭކިން ލެވެލްގައި އިތުރު ކޮށް ޓެކް ދާއިރާގައި ބާރުވެރި ކުރުމަށް ނުހަނު ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުން ކަމަށެވެ. އަދި ސަރުކާރުގެ ޑިޖިޓައިޒޭޝަން މަސައްކަތްތަކުގައި ޒުވާން އަންހެނުންގެ ދައުރު މުސްތަގުބަލުގައި ފެންނާނެ ކަމުގެ ޔަގީންކަން މި ޕްރްގުރާމުގެ ސަބަބުން ލިބިގެންދިޔަ ކަމަށެވެ.
ދިރާގުގެ ފަރާތުން އެ ކުންފުނީގެ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވި ގޮތުގައި އަންހެނުން ބާރުވެރި ކުރުން އަދި ވަކިން ހާއްސަކޮށް ޓެކް ދާއިރާގައި އަންހެނުން ބާރުވެރި ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެމުން އަންނަ ކަމެއްކަމަށެވެ. ޖެންގޯ ގަރލްސް އަދި ގަރލްސް ޓު ކޯޑް ފަދަ ޕްރޮގުރާމްތަކަށް ދިރާގުން ސަޕޯޓް ދިނުމުގެ މައިގަނޑު ބޭނުމަކީވެސް ގިނަ އަންހެން ކުދިން މި ދާއިރާގައި ކުރިއެރުވުމުގެ މަގުސަދުގައިއެވެ.
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ވަނީ ގާލްސް ޓު ކޯޑް ގެ ޕްރޮގުރާމު ކުރިއަށް ގެންގޮސްފައިއެވެ. އަދި މި ސީރީސް ގެ ފުރަތަމަ ޕްރޮގުރާމް ވަނީ މިދިޔަ އަހަރު ފުވައްމުލަކުގައި ބާއްވާފައިއެވެ.