މަސްތުވާތުވުމަށް ބޭނުންވާ ކުރާ ގިނަ އަދަދެއްގެ 'ގުޅަތަކެއް' ފޮރުވާފައި ހުރި ކާރެއް ނީލަން ކިއުނު މައްސަލާގައި ތައުލޭންޑްގެ އެންޓި-ޑްރަގްސް އޮތޯރިޓީއިން މައާފަށް އެދިއްޖެއެވެ.

ތައިލޭންޑްގެ ފުލުހުން ކީ ނީލަމެއްގައި ގާތްގަނޑަކަށް 19000 ޑޮލަރަށް ވިއްކާލި، ހޮންޑާ ސީއާރް-ވީ މޮޑެލްގެ ކާރުގެ ތެރޭގައި ފޮރުވާފައި ހުއްޓާ ފެނިފައިވާ، މަސްތުވުމާ ބޭނުން ކުރާ އެންފަޓަމީންސްގެ އެތައް ހާސް ގުޅައެކެވެ.

މި ކާރަކީ ތައިލޭންޑްގެ ކަމާބެހޭ ފަރާތްތަކުން، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ރެއިޑެއްގައި އަތުލައިގަނެ، ކަމާެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދިޔަ ކާރެކެވެ.

މި ކާރު ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަން އެނގުނީ، ކާރަށް އިތުރު ބަދަލުތަކެއް ގެނައުމަށް ގަރާޖަކަށް ފޮނުވައިގެން އުޅުމުގެ ތެރޭގައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެންފަޓަމީންސްގެ 94000 އެއްހާ ގުޅަ ފޮރުވާފައި ހުރީ، ކާރުގެ ބަމްޕަރު ތެރޭގައެވެ. ބަމްޕަރު ތެރޭގައި މިތަކެތި ފޮރުވާފައި ހުއްޓާ ފެނިފައިވަނީ ކާރު މަރާމާތު ކުރަން އުޅުނު މެކޭނިކަށެވެ.

ތައިލޭންޑްގެ އޮފިސް އޮފް ނާކޮޓިކްސް ކޮންޓްރޯލް ބޮޑުގެ ސެކްރެޓަރީ ޖެނެރަލް ނިޔޯމް ތެރްމްސްރިސޫކް ވިދާޅުވީ ޕްރޮޓޮކޯލް ހަމަޖެހިފައި އޮންނަ ގޮތުން ހުރިހާ ވެހިކަލަކީވެސް ބަލާ ފާސްކުރާ ވެހިކަލެއް ކަމަށާ، މިއީވެސް އިސްތިސްނާވެފައިވާ އުޅަނދެއް ނޫންކަމަށެވެ. ނަމަވެސް އެވަގުތު އެފަދަ ކަމެއް ސަމާލުކަމަށް އައިސްފައި ނުވާކަމަށާ، ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެ ފުޅާދާއިރާއެއްގައި މި މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ އޮޕަރޭޝަންގައި ކާރު އަތުލައި ގަތް އިރު، މިޒާތުގެ 100000 އެއްހާ ގުޅާ، ކާރުގެ ފަހަތު ސީޓުންވަނީ ފެނި، އަތުލައިގެންފައެވެ. މި ޒާތުގެ މަސްތުވާތަކެތި ތައިލޭންޑަށް އެތެރެ ކުރަނީ މިޔަންމާ މަގުން ކަމަށް ޚަބަރު ލިބެއެވެ.