14 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި 4 ފިރިހެނުންގެ ބަންދަށް 9 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ މެދު ރާއްޖެތެރޭގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ގޭންގް ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި ހަތަރު ފިރިހެނުންގެ ބަންދަށް 9 ދުވަސް މިއަދު ކޯޓުން ޖަހާފައިވާ ކަމަށެވެ.

ގުރޫޕަކުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. މިކަމާއި ގުޅިގެންފުލުހުން ބުނީ، އެމައްސަލަ ހުށަހަޅާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ކަމަށެވެ. އަދި އެމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި، 19 އަހަރުގެ ދެ ފިރިހެނުންނާއި، 18 އަހަރުގެ ފިރިހެނެއް ކަަމަށް ފުލުހުން ބުނެއެވެ.

14 އަހަރުގެ އަންހެން ކުއްޖަކަށް ގޭންގް ރޭޕްކުރި މައްސަލަ ފެންމަތިވެފަިއވާއިރު، އުމުރުން އެންމެ ދެއަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލަވެސްވަނީ ފެންމަތިވެފަ އެވެ. މިކަމާއި ގުޅިގެން އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ތުހުމަތުގައި އެ ކުއްޖާގެ ކާފަ އަދި މުނި ކާފަވަނީ ހައްޔަރުކޮށްފައެވެ. އަދި ކުއްޛާގެ ބައްޕަވަނީ އިހުމާލުވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. ދެއަހަރުގެ އަންހެން ކުއްޖާއަށް ޖިންސޯ ގޯނާކުރި މައްސަލައާއި ގުޅިގެން މިފަދަ އެތަކެއް މައްސަލަތަކެއްވަނީ ހާމަވެފައެވެ.