ބ. އަތޮޅު ޑްރީމް ލޭންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމަތުދޭ ގޮތުގައި، ގެނބިގެން މަރުވެފައިވަނީ އުމުރުން 67 އަހަރުގެ ޗައިނާ ފިރިހެނެއް ކަމަށެވެ. މި މީހާ މިއަދު މޫދަށް ގެނބިގެން ދަރަވަންދޫ ހެލްތް ސެންޓަރަށް ގެނެވިފައިވަނީ މެންދުރު 15:21 ހާއިރުކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ފަތުރުވެރިޔާ މަރުވެފައިވާ ކަމަށް ދަރަވަންދޫ ހެލްތް ސެންޓަރުން މައުލޫމާތުދޭ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.