ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މުޅި ދުނިޔޭގައިވެސް ފުލް މެރަތަނެއް އެންމެ އަވަހަށް ނިންމި ފަސްޓްލޭޑީގެ ޝަރަފު ހޯއްދަވައިފިއެވެ.

މިއަދު ހެނދުނު ކުރިއަށްދިޔަ ޓީއެފްޖީގެ "ލާމު މެރަތަން"ގައި އެކަމަނާ ވަނީ ފަސް ގަޑިއިރާއި 39 މިނަޓުން ފުލް މެރަތަންއެއް ނިންމާފައެވެ.

އެކަމަނާ ހޯއްދެއްވި ކާމިޔާބީ ފާހަގަކޮށް، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ތައުރީފު ކުރައްވަމުންނެވެ.

ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ މިދިޔަ އަހަރު ޓީއެފްޖީ އިން ލ. ގަމުގައި ބޭއްވި ރަން އިން ލާމުގެ ފަސް ކިލޯމީޓަރު މެރަތަން ވެސް ވަނީ ފުރިހަމަ ކުރައްވާފައެވެ.

މީގެ ކުރިން ގައުމެއްގެ ފަސްޓްލޭޑީއަކު މެރެތަންއެއް ދުވެވަޑައިގަތީ 2014 ވަނަ އަހަރުއެވެ. އެއީ ކެންޔާގެ ފަސްޓްލޭޑީ މާގަރެޓް ކެންޔަޓާއެވެ. ދެހާސް ސާދަވަނަ އަހަރު ލަންޑަން މެރެތަންގައި ދުވެވަޑައިގެން އެ ދުވުން ނިންމެވީ ހަތް ގަޑިއިރާއި ހަތަރު މިނިޓުންނެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން ދުވުމުގެ މައިދާނުގައި ކެންޔާގެ ދުވުންތެރިންނާ އަރާ ހަމަކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ފަސްޓްލޭޑީ ފަޒްނާގެ މެރެތަން ޓައިމިން ހާއްސަވަނީ މި ސަބަބާ ހުރެއެވެ. އެކަމަނާ ރޭސް ފުރިހަމަކުރެއްވީ މާގަރެޓް ކެންޔަޓާއަށްވުރެ ދެ ގަދިއިރާއި 35 މިނިޓު އަވަހަށެވެ.