ދުވާލުގެ ބުރަ މަސައްކަތަށްފަހު އަރާމު ނިންޖަކަށް އިންސާފުކުރުމަށް ބޯއަޅާނެ އަރާމު ބާލީހެއް ހޯދާ މީހަކަށް، ނޯވޭގެ ފަންނުވެރިޔާ ހޭކޯން އެންޓަން ތައްޔާރުކޮށްދިން ބާލިސް އެއް ގޮތަކަށްވެސް ކަމަކު ނުދާނެއެވެ.

ބަލާ ބެލުމަށް މިއީ ކިތަންމެ އަރާމުވާނެ ބާލީހެއް ކަމަށް ފެނުނު ނަމަވެސް، އެއީ ކުރެވޭ ކުށް ހީއެކެވެ. އެންޓަންގެ މި ފަރުމާއަކީ، ހުދު ހިލަ ބޭނުންކޮށްގެން އޭނާ އުފައްދާފައިވާ ފަރުމާއެކެވެ.

https://www.instagram.com/p/B520c8VnPqX/?utm_source=ig_embed

އިންސާނީ ތާރީހަށް ބަލާއިރު އެކި ބައްޓަމަކަށް ހިލަ ކަނޑާ ނަގައިގެން ތަފާތު އެކި ފަރުމާތައް ކުރާތީ ފެނިފައި އެބަހުއްޓެވެ. ފަންނުވެރިންގެ މެދުގައިވެސް ހުދު ހިލައަކީ މިކަމަށް ހާއްސަ ލޯތްބެއް ދެވިފައިވާ އެއްޗެކެވެ. ހުދު ހިލައަކީ އާދަޔާ ހިލާފު ސިފަތަކެއް ލިބިފައިވާ އެއްޗަކަށްވާއިރު، ހުދު ހިލަ ގަނޑެއް ބޭނުންކޮށްގެން ފަރުމާ ކުރަން އެންމެ ރަނގަޅުވާނީ ބާލީހެއް ކަމަށް އެންޓަން ނިންމާ، އެކަން ކާމިޔާބު ކުރިއެވެ.

މިކަމަށް ހާއްސަ އާލާތްތައް ބޭނުންކޮށް އެންޓަން ފަރުމާކުރާ ހުދުހިލަ ބާލީހާ، ދޫނިފަތު ބާލީހާ އަޅާ ބަލާއިރު، އެއްވެސް ތަފާތެއް ލޮލަށް ފެންނަން ނެތޭވެސް ދެންނެވިދާނެއެވެ.

އެންޓަން ދަނީ މިމަންޒަރުތައް ސޯޝަލް މީޑިއާގައިވެސް ހިއްސާކުރަމުންނެވެ.