މ. ކޮޅުފުށީ އިރު ދެކުނު ފަރާތުން ބަނޑުން ޖަހާލާފައިވާ ބޯޓެއް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހާލާފައިވާ ބޯޓު އޮޔާދާނީ ތ. އަތޮޅާއި ދ. އަތޮޅާ ދޭތެރެއިން ކަމަށެވެ. އެހެންކަމުން، ރޭގަނޑު މި ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.

އޮޔާދަނީ، މި މަހުގެ 19 ވަނަ ދުވަހު މ.އަތޮޅު މެދުުފުށި ރިސޯޓު ފުއްޓަރު ފަރާތަސް ބަންޑުން ޖަހާލާފައި އޮއްވާ ފެނުނު ބޯޓެވެ. ފުލުހުން ވަނީ އެއީ ލަންކާގެ މަސް ބޯޓެއް ކަމަށް ބެލެވޭ ކަމަށް ކުރިން ބުނެފައެވެ.

އެ ބޯޓު ބަންޑުން ޖަހާލާފައި އޮއްވާ ފެނުނު ސަރަހައްދުން އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ.