ރާއްކާތެރި ނޫން މާހައުލެއްގައި ދިރިއުޅެމުން އަންނަ ހަތަރު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާތީ ބަޔަކު އެކަމަށް ހުރަސް އަޅަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މެދު ރާއްޖެތެރޭގެ ރަށެއްގެ އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު ކުއްޖަކު ދިރިއުޅެމުން ދަނީ އެންމެ އެކަށީގެންވާ ރައްކާތެރި މާހައުލެއްގައި ނޫން ކަމަށެވެ. އެހެން ކަމުން އެކުދިން ރައްކާތެރި މާހައުލަކަށް ނެގުމަށް މިއަދު ކުރަމުންދާ މަސައްކަތަށް ރަށުގެ ބައެއް ފަރާތްތަކުން ހުރަސް އަޅަމުންދާ ކަމަށެވެ.

ނަމަވެސް އެކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށް ހުރަސް އަޅަމުންދަނީ އެރަށުގެ ކޮން ބައެއް ކަމެއް ސާފެއްނުވެއެވެ. އަދި ހުރަސް އަޅަނީ ކޮން ގޮތަކަށް ކަމެއްވެސް ސާފެއް ނުވެއެވެ.

ރަށުގެ ރައްޔިތުންގެ ބަޔަކު ހުރަސް އަޅާވާހަކަ މިނިސްޓްރީން ބުނުމުން އެކަން ސާފުކޮށްދޭން އެދިގެންވެސް މިނިސްޓްރީން ޖަވާބެއް ނުދިނެވެ.