ކާރެއް ކޮންޓްރޯލް ނުވެގޮސް ޕާކްކޮށްފައި ހުރި ސައިކަލުތަކަކަށް އަރައި އެކްސިޑެންޓްވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މިއަދު ހެނދުނު 7:25 ހާއިރު ހުޅުމާލޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ މަގުމަތީގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ޗަނބޭލީމަގު އުތުރަށް ދުއްވާފައި ދިޔަ ކާރެއް އަނބުރާލަން ބޭނުން ވެގެން ޔޫ ޓާން ނަގަން އުޅުމުގެ ތެރޭގައެވެ. އެކްސިޑެންޓް ހިނގީ، ޔޫ ޓާން އުޅުމުގެ ތެރޭގައި ކާރުގެ ރޭސް ޕެޑަލަށް ފިއްތިގެން ކޮންޓްރޯލް ނުވެ ދިއުމުގެ ސަބަބުންނެވެ.

ކާރެއް ކޮންޓްރޯލް ނުކުރެވި ގޮސް އެކްސިޑެންޓް ވެފައި / ފޮޓޯ: ޕޮލިސް

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވެއެވެ. ނަމަވެސް، އެ ސަރަހައްދުގައިި ޕާކް ކޮށްފައި ހުރި ދެ ސައިކަލަލަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.