އެމްޓީސީސީ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ގާނޫނީ ވަކީލް އަބްދުﷲ ޝާއިރު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިއަދު ކަމަށެވެ.

އަދި އެ މަގާމުން އިސަތިއުފާ ދެއްވީ ގާނޫނީ ވަކީލެއްގެ ގޮތުގައި ކުރައްވާ މަސައްކަތަށް ވަގުތު ބޭނުންވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑު ގާނޫނީ ވަކީލެއްގެ ގޮތުން ކުރާ މަސައްކަތަށް ވަގުތު ބޭނުންވާތީ އެ މަގާމުން އިސްތިއުފާ ދެއްވީ
ގާނޫނީ ވަކީލް އަބްދުﷲ ޝާއިރު

އެމްޓީސީސީގެ ބޯޑުން ޝާއިރު އިސްތިއުފާ ދެއްވިއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން ޝާހު އިއްޔެ ވަނީ އެމްޑަބްލިއުއެސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކޮށްފައެވެ.

އަދި ކުރިން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިހާރު ވަނީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލު ކޮށްފައެވެ.

ޝާއިރަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ލޯޔަރުންގެ ޓީމުގައި ހިމެނިވަަޑައިގަންނަވާ ބޭފުޅެކެވެ.