ނ. ކުޑަފުނަފަރުގައި ހިންގާ ނޮކު މޯލްޑިވްސް ރިސޯޓުގެ ނެރުމަށްޗަށް ލޮންޗެއް ބަންޑުން ޖަހާލައި އެކަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ނޮކު މޯލްޑިވްސް ރިސޯޓަށް ގެސްޓުން ގޮވައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް އެރިސޯޓް ނެރުމަށްޗަށް ބަންޑުން ޖަހާލާފައިވާ ކަމުގެ ރިޕޯޓް ހުށަހަޅާފައިވަނީ މިއަދު ހަވީރު 5:48 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެ ރިސޯޓްގައި މަސައްކަތް ކުރާ މުއައްޒަފު ގިނައިން ލޮނު ބޮވުމުގެ ސަބަބުން ހޭނާރައިގެން ނ. މަނަދޫ ހެލްތު ސެންޓަރަށް ގެންދިއުމަށް ފުރި ކަމަށެވެ. އަދި އޭނާ މިރޭ 7:50 މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. މަރުވެފައިވަނީ 54 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ ލޯންޗުން ދަތުރުކުރީ ހަތް މީހުން ކަމަށާއި އޭގެ ތެރޭގައި ދެ ގެސްޓުންނާއި ހަތަރު ފަޅުވެރިންގެ އިތުރުން ރިސޯޓްގައި މަސައްކަތްކުރާ މުއައްޒަފަކުވެސް ހިމެނޭ ކަަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމައުލޫމާތު ލިބުމާއެކު ރިސޯޓުން އެސަރަހައްދަށް ޑިންގީއެއް ފޮނުވައިގެން މީހުން ސަލާމަތް ކޮށްގެން ރިސޯޓަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ އެހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.