ހުޅުމާލެއިން 20 ބަނގުރާ ފުޅިއަކާއެކު ދެ ބިދޭސީން ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަނގުލަދޭޝްގެ ދެ ފިރިހެނުން ކަަމަށެވެ. އެގޮތުން ހައްޔަރު ކޮށްފައި ވަނީ 28 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ އެ މީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން ކަމަށެވެ. އެގޮތުން އެމީހުން ގެންގުޅުނު ދެ ދަބަހެއް ބަލާ ފާސްކުރި އިރު، އޭގެ ތެރެއިން 20 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

އެމައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.