ގދ. މަޑަވެލީގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފިއެވެ.

ނެޝަނަލް ޑިޒާސްޓާ އެންޑް މެނޭޖްމަންޓް އޮތޯރިޓީ (އެންއެމްޑީއޭ) އިން ބުނީ، މި މަހުގެ 9 ވަނަ ދުވަހު ގދ. މަޑަވެލީގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދެވިފައިވާ ކަމަށެވެ. އެގޮތުން ހާދިސާ ހިނގި ދުވަހުން ފެށިގެން 10 ދުވަހަށް ކެއުމަށް ބޭނުންވާ ފައިސާ ހަމަަޖައްސައި ދެވިފައިވާ ކަމަށް އެފަރާތުން ބުނެއެވެ.

މީގެ އިތުުރުން ހާދިސާ ހިނގި ދުވަހުން ފެށިގެން 10 ދުވަހަށް ކެއުން ބުއިމަށް ބޭނުންވާ ފައިސާ އިތުރު ކުރުމަށް ނިންމިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

މި މަހުގެ 9 ވަނަ ދުވަހު އެރަށުގެ ރޯވެ އެގޭގެ 80 ޕަސެންޓް އަނދާފައިވާއިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވަނީ އެދުވަހުގެ ހެނދުނު 8:20 ގައެވެ. އެމްއެންޑީއެފުން 8:47 ގައި އެ ސީނަށް ދިޔައިރު ރައްޔިތުންވަނީ އަލިފާންގަނޑު ނިއްވާލާފައެވެ.

ނާރެސް ގެއަކީ ހަ ކޮތަރީގެ ގެއެކެވެ. އެ ގޭގެ ހަތަރު ކޮޓަރި އެއްކޮށް އަނދާފައިވާއިރު ދެކޮޓަރިއަށް ވަނީ ދުމުގެ އަސަރުކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިއީ މިއަހަރުތެރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާއެކެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު 20 ވަނަ ދުވަހު މާލޭގެ ހެންވޭރުގެ ބޮޑު ސަރަހައްދެއަގައި ކެމިކަލް ގުދަނެއްގައި ރޯވުމުގެ ސަބަބުން ވަނީ ބޮޑު އަލިުފާނުގެ ހާދިސާއެއް ހިނގާފައެވެ. މި ހާދިސާގައި ގެއްލުންވި އާއިލާތަަކަށް އެމްއެންޑީއޭއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.