މ.އަތޮޅު މެދުުފުށި ރިސޯޓު ކައިރިއަށް ބޯޓެއް ބަންޑުން ޖަހާލާފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މެދުފުށު ރިސޯޓް ފުއްޓަރު ފަރާތު ބޭރުގައި ބޯޓެއްހެން ހީވާ އެއްޗެއް ބަންޑުން ޖަހާފައި އޮތް ކަމުގެ މައުލޫމަތު ލިބިފައިވަނީ މިއަދު މެންދުރު 13:00 ހާއިރު ކަމަށެވެ. މި މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިއިރު، ފަރު ބޭރަށް ބޯޓެއް ބަންޑުން ޖަހާލާފައިވާތީ ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުގައި އެބޯޓަކީ ލަންކާގެ މަސްބޯޓެއްކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެ ބޯޓުގައި މީހުން ތިބި ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެއެވެ. ފުލުހުންނާއި އެމްއެންޑީއެފްއިން އެ ސަރަހައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން ނެވެ.