ގދ. ހޯޑެއްދޫން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 1:14 ހާއިރު އޭނާ ފެނިފައިވާ ކަމަށް އާއިލާއިން ފުލުހަށް އަންގާފައިވާ ކަމަށެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 9:30 އެހާކަންހާއިރުއެވެ. ގެއްލިފައިވާ މީހާގެ ފޮޓޯއެއް ވެސް ފުލުހުން އާންމު ކުރިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ހޯނޑެއްދޫ ސަތަވަރީގެ އަލީ ޝަޒުވާން މުހައްމަދެވެ. އޭނާ ގެއްލިގެން ހޯދަން ފަށާފައިވަނީ ހުކުރު ދުވަހުން ފެށިގެނެވެ.