ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ގދ. ހޯޑެއްދޫއިން ދިވެހި ފިރިހެނަކު ގެއްލިގެން އުޅޭ މައްސަަލައެއް މިރޭ 9:37 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ ރިޕޯޓާ ގުޅިގެން އެމީހާ ހޯދުމަށް އެ ރަށަށް ދިއުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ގދ. ހޯނޑެއްދޫ ސަތަވަރީގެ އަލީ ޝަޒުވާން މުހައްމަދެވެ. އަދި އޭނާ ގެއްލިގެން ހޯދަމުން ދަނީ އިއްޔެއިން ފެށިގެން ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

ހޮނޑައިދޫއިން ޒުވާނަކު ގެއްލިގެން ހޯދަމުން ދާއިރު، މިދިޔަ މަހުގެ 28 ވަނަ ދުވަހު މާލޭގައި ދިރިއުޅެމުން ދިޔަ 34 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަމުން ދަނިކޮށް ވަނީ ފެނިފައެވެ. އޭނާ ގެއަށް ދިޔައީ އަމިއްލައަށް ކަމަށް ގާތް މީހުން ބުނެއެވެ.