ގދ. ތިނަދޫ މޫދަށް ޑައިވް ކޮށް ކުދިމަސް ހިފަން ފޭބި މީހަކު މަރުވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެވެ.

ފުލުހުން ބުނީ ތިނަދޫ އުތުރު ފަރާތު ކުނިކޮށްޓާ ދިމާލަށް ފަރު ބޭރަށް ޑައިވްކޮށްގެން ކުދި މަސް ނަގަން ޑައިވިން އަށް ދިޔަ މީހަކު، ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު ފަހު 2:12 ހާއިރު ލިބިފައިވާ ކަމަށެވެ.

އެގޮތުން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.