ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުް (ވީއައިއޭ)އިން ކަރަންޓް ކެނޑި، ހިދުމަތްތަކަށް ބުރޫ އަރައިފިއެވެ.

އެއަޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ އެއާޕޯޓުން ކަރަންޓު ކެނޑިފައިވާ ކަމަށާއި ކަރަންޓު ކެނޑެން ދިމާވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މައްސަލަ ހައްލު ކުރުމަށްފަހު އެއާޕޯޓަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.

މިދުވަސް ވަރަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ދުވަސްވަރެއް ކަމުން އެއާޕޯޓަށް ވަރަށް ބާރު ބޮޑު ދުވަސްވަރެކެވެ.

މިދިޔަ މަހުގެ ތެރޭގައިވެސް ވަނީ އެއާޕޯޓުން ކަރަންޓު ކެނޑިފައެވެ. ނަމަވެސް އެފަހަރު ކަރަންޓު ދީފައިވަނީ ބެކްއަޕް ސިސްޓަމް ބޭނުންކޮށްގެނެވެ. އަދި އެފަހަރު އެއްވެސް އޮޕަރޭޝަނަކަށް ބުރޫ ނާރާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.