ސުޕްރީމްކޯޓުގެ ރަޖިސްޓްރާ ކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.

ސުޕްރީމްކޯޓުގެ ރަޖިސްޓްރާ ކަމުގެ މަގާމަށް އައްޔަން ކޮށްފައިވަނީ، ސ.ހުޅުދޫ، ރަތްވިލާގެ، ރައުފާ ހައިދަރެވެ.

ރައުފާ މި މަގމާމަށް އައްޔަން ކޮށްފައި ވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 21-1 ވަނަ މާއްދާގެ (ރ) ގެ 8 ވަނަ ނަންބަރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް މަތިކޮށްފައިވާ ޒިންމާގެ ދަށުންނެވެ.

ސުޕްރީމްކޯޓުގެ ރަޖިސްޓްރާ ކަމުގެ މަގާމަށް ރައުފާ ހައިދަރު އައްޔަން ކުރައްވައިފި / ފޮޓޯ: ޑީޖޭއޭ

ރައުފާ ހައިދަރު އެންމެ ފުރަތަމަ ރާއްޖޭގެ ސުޕްރީމް ކޯޓާ ގުޅިވަޑައިގެންނެވީ 19 އޮކްޓޯބަރު 2011 ގައި އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމަށެވެ. އެއަށްފަހު 06 ނޮވެމްބަރު 2019 ގައި ލީގަލް މަގާމުތަކުގެ އޮނިގަނޑަށް ގެނެވުނު އިސްލާހާއި ގުޅިގެން ލީގަލް އޮފިސަރަކަށް ބަދަލުވެގެން ދިޔައެވެ.

08 އެޕްރީލް 2013 އިން 7 މެއި 2014 އަށް ރައުފާ ވަނީ ވަގުތީގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމުވެސް އަދާ ކުރަށްވާފައެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ރައުފާ އައްޔަނު ކުރެވިގެން ދިޔައީ 12 ޖަނަވަރީ 2020 ވަނަ ދުވަހުއެވެ.