ހުޅުލެ އާއި ހުޅުމާލެ ގުޅާލާފައިވާ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

މިރޭ 21:30 އެހާކަންހާއިރު ދެ ސައިކަލް ޖެހި ހިނގި މި އެކްސިޑެންޓްގައި ދެ މީހަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ ދެމީހުންގެ ހަށިގަނޑުގެ އެކި ތަންތަން މަށައިގެން ގޮސްފައިވާ ކަމަށާއި ދެމީހުންނަށް މިހާރު ޑްރެސިން ރޫމްގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ.

އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 28 އަހަރުގެ ފިރިހެނަކަށާއި 30 އަހަރުގެ ފިރިހެނަކަށް ކަމަށްވެސް ހުޅުމާލެ ހޮސްޕޮޓަލުން ބުންޏެވެ.