ސްކޫލުތައް ހުޅުވުމުން ޓްރެފިކް ފުލުހުންގެ މަސައްކަތަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ސްކޫލްތައް ހުޅުވުމުން މާލޭގެ ޓްރެފިކަށް އަންނާނެ ބަދަލުތަކާ އެއްގޮތަށް ފުލުހުންގެ މަސައްކަތް ތަކަށްވެސް ބަދަލު އަންނާނެ ކަމަށެވެ. އަދި ހާއްސަސަކޮށް ސްކޫލްތައް ހިމެނޭ ސަރަހައްދު ތަކުގައި ފުލުހުންގެ ދައުރު ފުޅާ ކުރެވިގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

މަގުމައްޗަކީ އެންމެނަށް ސަލާމަތްތެރި އަދި ރައްކާތެރި އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުން ދަނީ 24 ގަޑިއިރު މަސައްކަތް ކުރަމުންނެވެ.

މާލޭގެ މަގުތަކުގައި ޕާކު ކުރުމަށްހުރި ދަތިތަކާއި ގަވާއިދާ ހިލާފަށް ޕާކު ކުރުމުން، މަގުމަތި ބޭނުންކުރައްވާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް، ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ މަޝްވަރާކޮށް އެކަމުގެ ހައްލު ހޯދުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުންނެވެ.

ފުލުހުންގެ ބުނީ، ފުލުހުންގެ އެދުމަކީ މަގުމަތި ބޭނުން ކުރައްވާ ހުރިހާ ފަރާތްތަކުން ވެސް، ހެދިފައިވާ އެންމެހާ ގަވާއިދު ތަކަށް ހުރުމަތްތެރިކޮށް ހިތުން ކަމަށެވެ.

ފުލުހުން މިފަދައިން ބުނެފައިވާއިރު، ނިމިގެން ދިޔަ 2019 ވަނަ އަހަރު ގަވާއިދާ ހިލާފަށް ޕާކް ކުރުމުގެ ސަބަބުން ފުލުހުން ވަނީ 36963 ޕާކިން ވައެލޭޝަން ސްޓިކާ ޖަހާފައެވެ. މިކަމާ ގުޅިގެން ފުލުހުންނާއި ސަރުކާރަށް ދަނީ އާންމުންގެ ފާޑުކިއުން އަމާޒުވެފައެވެ.