ޑައިވިންއަށް ދިޔަ ދެ މީހުން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ދެ މީހުން ފެނިފައި ވާ ކަމަށާއި ހާލު ރަނގަޅު ކަމަށެވެ. އަދި ފެނިފައި ވަނީ ހެލަނގެލި ރިސޯޓުގެ ސްޕީޑް ބޯޓަކަށް ކަމަށްވެސް މައުލޫމާތު ދެއެވެ.

ހެލެނގެލި އައިލެންޑް ރިސޯޓްގެ އުތުރުން ފަޅު ހިއްކައިގެން ހަދަމުންދާ ރިސޯޓެއް ކަމަށްވާ ކ. މާފަޅު ގައި މަސައްކަތް ކުރާ ދެ މީހަކު ޑައިވިން އަށް ދިޔަ ފަހުން ހަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވާ ވަނީ މިއަދު މެންދުރުފަހު 14:35 ހާއިރެވެ.

ކަނޑުމަތީގެ 2 ހާދިސާއެއްގައި އިތުރު ދެ ދިވެއްސަކުވެސް ގެއްލިގެން އެމްއެންޑީއެފުން ދަނީ ހޯދަމުންނެވެ. ނަސްރުﷲ ނަމަކަށްކިޔާ އެ މީހާ ގެއްލިފައިވަނީ ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ.

ދެވަނަ މީހަކީ ފަރަށް އެރި ބޯޓަކުން ގެއްލުނު ދިވެހި ފިރިހެނެކެވެ.