ޑައިވިންއަށް ދިޔަ ދެ މީހުން ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހެލެނގެލި އައިލެންޑް ރިސޯޓްގެ އުތުރުން ފަޅު ހިއްކައިގެން ހަދަމުންދާ ރިސޯޓެއް ކަމަށްވާ ކ. މާފަޅު ގައި މަސައްކަތް ކުރާ ދެ މީހަކު ޑައިވިން އަށް ދިޔަ ފަހުން ހަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ގެއްލިފައިވަނީ ބިދޭސީ ދެ ފިރިހެނުންނެވެ.

ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބިފައި ވަނީ މިައަދު މެންދުރުފަހު 14:35 ހާއިރު ކަމަށައި ލިބުމާއެކު ކޯސްޓްގާޑްގެ ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ޑައިވިންއަށް ދިޔަ ދެ މީހަކު ގެއްލިގެން ހޯދަމުންދާއިރު، އިތުރު ދެ ދިވެއްސަކުވެސް ގެއްލިގެން ދަނީ ހޯދަމުންނެވެ. އެކަކު ގެއްލިފައިވަނީ ކަނޑުމަތީގެ އެކްސިޑެންޓެއްގައެވެ. ނަސްރުﷲ ނަމަކަށްކިޔާ އެ މީހާ ގެއްލިފައިވަނީ ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ.

އެއީ ލޯންޗު އެކްސިޑެންޓެއްގައި ގެއލުނު މީހަކާއި ފަރަށްއެރި ދޯންޏަކުން ގެއްލުނު ދިވެހި ދެ ފިރިހެނުންނެވެ.