އެމްއެންޑީއެފްގެ ވެހިކަލެއްގެ މަތީގައި ބިދޭސީއެއް އިށީނދެއިން މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ ބިދޭސީއެއް އެމްއެންޑީއެފްގެ ވެހިކަލެއްގެ މަތީގައި އިން މައްސަލަ ތަހުގީގުކުރަން ފަށާފައި ވާ ކަމަށެވެ. މީގެ އިތުރުން އާޒިމް ވިދާޅުވީ އެއީ ހަދާފައިވާ ފޮޓޯއަކަށްވުން އެކަށީގެންވާތީ އެ މައްސަލަވެސް ބަލަމުންދާ ކަމަށެވެ.
އެއީ އެމްއެންޑީއެފްގެ ވެހިކަލެއްކަން އާޒިމް ވަނީ ޔަގީންކޮށް ދެއްވާފައެވެ. އޭނާ ވިދާޅުވީ އެއީ އެމްއެންޑީއެފްގެ ވެހިކަލްގެ ބޯޑެއް ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ފޮޓޯގައި ފެންނަނީ ބިދޭސީއަކު އެމްއެންޑީއެފްގެ ވެހިކަލެއްގެ މަތީގައި އިށީނދެ އިންނަ ތަނެވެ. އިށީނދެ އިންނަ ގޮތުން ހީވަނީ ފޮޓޯއެއް ނެގުމަށް ތައްޔާރުވެގެން އިންހެނެވެ. އޭނާގެ އަތުގައި ފެންފުޅިއެއްވެސް އޮތެވެ.
ބިދޭސީއަކު، ސަލާމަތީ ބާރުތަކުގެ ވެހިކަލެއްގެ މަތީގައި އެގޮތަށް އިށީނދެ އިނުމުން ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. ބައެއް މީހުން ބުނެފައި ވަނީ އެއީ މިނިވަންކަން ކަމަށެވެ. އަދި އަނެއް ބަޔަކު ބުނަމުން ދަނަި އެއީ ގައުމުގައި މިހާރު ވެރިކަން ކުރަމުންދާ ބަޔަކީ ބިދޭސީން ކަމަށް ވާތީ ވާގޮތް ކަމަށެވެ.
އަނެއްބަޔަކު ބުނަނީ އެއީ ވަރަށް ބޮޑު ސެކިއުރިޓީ މައްސަލައެއް ކަމަށެވެ.
ދާދި ފަހުން ބިދޭސީއަކު ވަނީ ޕިކަޕެއްގައި އެމްއެންޑީއެފްގެ ބަނޑޭރިގެއަށްވެސް ހުއްދަ ނެތި ވަދެފައެވެ. ބަނޑޭރިގޭގެ ދޮރުވާނުންނަށް ނޭނގި ވަދެވުމަކީ ސެއުރިޓީ ގާއިމު ކުރެވިފައިވާ މިންވަރާ މެދު ސުވާލު އުފެދޭ ކަމެކެވެ.
ފީސަބީލިއްލާހި ގައުމެއްގަ ތިޔަހެން އުޅޭނެނު އެމީހުނެއްކަމަކު؟ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގަ އެގައުމުން ބޭރުބަޔަކަށް ވިސާއާއި ނުލާ ނޫޅެވޭނެ
އާޚިރުގައި ތިފޮޓޮއަކީ ހަދާފައިވާ ފޮޓޮއެއް ކަމަށް ނިންމާނީ. ބަންޑާރަ ބޮޑުދޮރުން ޕިކަޕެއްގައި ބަންގާޅީއަކު ވަދެ ދިފާޢީ ބާރަށް އިންޒާރުދިނީމަ ވެސް މިތިބެނީ ހެވިފައި.
މިއީ 2015 ހިސާބުގައި ލ އަތޮޅުގައި ހިނގާފައިވާ ކަމެއް. ކަމަކީ ހިނގި ކަމެއް، އެމީހާ އެފޮޓޯ ނެގުމަށްފަހު އޭނަގެ ފޭސްބުކަށް ލީހިސާބުން ފޮޓޯ ވައިރަލްވި، ނަމަވެސް އެފޮޓޯ އެއިރު ވައިރަލްވެފަ އެކަން ނިިމިފައި އޮތީ. މިހާރު މިއީ ސިޔާސީ ކަމެއް، މުއައްސަސާގެ އަގުވައްޓާލަން.
ލ.ފޮނަދޫ ގެ ފޮޓޯއެއް
ތިހެން ބަންގާޅީން ހެދިއެެއްޗެއް ހެދިގެން ތިބޭތަން ފެއްނަނީ އެހެންގައުމުތަކާއި ޚިލާފަށް މިގައުމު އަޅައެއްނުލާ މީރާ ޓެކްސް ނުދައްކާ ފަވާއިދާ ޚިލާފަށް ހިންގާ ކިތައްވިޔަފާރި އެހިންގަނީ ޕާކިންޒޯނުން ސައިކަލް ނުނެރެވޭގޮތަށް ބައިސްކަލް ޕާކްކޮށްގެން ޕާރުސަލްބަހަމުން އެދަނީ ވިސާއެއް ޕާސްޕޯޓެއްގެ ބޭނުމެއް މިމީހުންނަކަށް ބޭނުމެއްނުވޭ ރަށަށްދާންވީމަ އެމީހުންގެ އެމްބަސީން އެކަންއެމީހުނަށްކޮށްދޭނެ ދެންއެމީހުން ރުފިޔާހޯދަން ހިތަށްއެރިކަމެއްކުރަމުން އެއުޅެނީ މިތާއެކަންބަލާނެމީހަކުނެއް.