އެއްވެސް ސަރުކާރަކަށް ގާނޫނުގައިވާ ގޮތަށް އުޅަނދު ރަޖިސްޓްރީ ކުރުން ކޮންޓްރޯލް ކުރާކަށް ނުކެރޭ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު ހަދާފަ ޕޮލިހުން ލައްވާ ސްޓިކާ ޖެއްސުމަށްފަހު އިންތިހާބާ ދިމާކޮއް ފާއިތުވި ސަރުކާރުން ވެސް ޖޫރިމަނާ މައާފް ކޮށްފައިވާ ކަމަށެވެ.

"ކުރަން ގޮވާމީހުން މިކަމާވެސް އުޅެންވީނު،" މޫސަ ވިދާޅުވިއެވެ.

މޫސަ މިފަދައިން ވިދާޅުވެފައި މިވަނީ ޕާކު ކުރާނެ ޖާގަ ނުދައްކާ ޕާކިން ސްޓިކާ ޖަހަމުން ގެންދާތީ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއަށް އާއްމު ރައްޔިތުން ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ. ޕާކުކުރާނެ ޖާގަ ނުދައްކާ ޕާކިން ސްޓިކާ ނުޖަހާނެ ކަމަށް އަދުގެ ރައީސް، އިބްރާހީމް މުހައްމަދު ސޯލިހުގެ ވަނީ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވައުދުވެވަޑައިގެންފައެވެ.