މާލޭ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލުމަށް ފަހު ބަޔަކު ފިލައިފިއެވެ.

ފުލުހުން ބުނީ ރޭ 7:08 ހާއިރު ބަޔު މާލޭގެ ފިހާރައެއްގެ ބިއްްލޫރިގަނޑު ތަޅާލުމަށް ފަހު އެކަން ކުރި މީހުން ފިލާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާ ކަމަށެވެ.

އެ ފިހާރައަކީ އައިމިނާރަނި ހިނގުމުގައި ހުރި ފިހާރައެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށާއި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.

ޒުވާނުންގެ މެދުގައި މަޝްހޫރު މެރާކީ ކޮފީ ރޯސްޓާސްގެ ބިއްލޫރި ގަނޑު ތަޅާލައިފާ ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހެވެ. ގާބުރިއެއް އެއްލައި، މެރާކީ ކޮފީ ރޯސްޓާސްގެ ބިއްލޫރި ގަނޑު ތަޅާލައިފާ ވާއިރު އިންޒާރުގެ ނޯޓެއްވެސް ވަނީ ތަތްކޮށްފައެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ވައްކަމާއި ފޭރުން ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.