ވ. ފެލިދޫގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު އޮޔާ ދަނިކޮށް ފުލުހުން ސަލާމަތްކޮށްފި އެވެ.

ފުލުހުން މައުލުމާތުދޭ ގޮތުގައި، މިއަދު ހެނދުނު 11:40 ހާއިރު ފެލިދޫގައި އިޓަލީގެ ފަތުރުވެރިއަކު ރޮމުން ޕޮލިސް ސްޓޭޝަނަށް އައިސް އޭނާގެ ފިރިމީހާ އޮޔާ ދާކަަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެމައުލޫމަތު ފުލުހުންނަށް ލިބުމާއެކު، އެ ރަށު ފުލުހުން މޫދަށް އެރި އޮޔާ ދިޔަ ފަތުރުވެރިޔާ ސަލާމަތްކޮށް އެއްގަމާއި ހަމައަށް ގެނެސްދީފަ ކަމަސް ފުލުހުން ބުނެއެވެ.

އޮޔާ ދިޔަ ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.