ތިންމަހުގެ މުސާރަ ބޭނުން ނުވާ ކަމަށާއި އެ ދިނަސް ކޯޓަށް ދާނެ ކަމަށް، ސާވިސް ޗާޖަށް ދެނީ އެންމެ 11 ޑޮލަރު ކަމަށް ބުނެ ވާހަކަ ދައްކާފައި ވާތީ ހޮނޑާފުށި އައިލެންޑް ރިސޯޓުގެ ވަޒީފާއިން ވަކިކުރި އަހުމަދު ޝިމްހާޒް ބުނެފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ހޮނޑާފުށި ރިސޯޓުގައި ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާ އަދާކުރި، ތ. އަތޮޅަށް ނިސްބަތްވާ އަހުމަދު ޝިމްހާޒް ބުނީ އޭނާއަށް ތިން މަހުގެ މުސާރަ ދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިކަން ނޭނގޭ ކަމަށެވެ. ނަމަވެސް އެއީ ތެދު ކަމަށް ވިއަސް ކޯޓަށް މައްސަލަ ނުލައި، މި މައްސަލައަށް ހައްލު ނުހޯދާ ނުނިންމާނެ ކަމަށްވެސް އޭނާ ބުނެއެވެ.
ޝިމަހާޒް ބުނީ އިއްޔެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކޮށް ވަހަކަ ދައްކާފައި ވާ ކަމަށާއި މިނިސްޓަރުގެ ފަރާތުން އޭނާއަށް ވަރަށް ބޮޑު އުންމީދެއް ލިބުނު ނަމަވެސް މި މައްސަލައަށް ފަސްއަޅާ ފޮރުވަން މަސައްކަތް ކުރައްވާކަން ފާހަގަ ވި ކަމަށެވެ.
މީގެ އިތުރުން ޝިމްހާޒް ބުނީ އޭނާ މަސައްކަތް ކުރަނީ މުސާރަ ބޭނުންވެގެން ނޫން ކަމަށާއި އޭނާއަށް ލިބެންޖެހޭ ހައްގު ހޯދުމަށް ކަމަށެވެ. އަދި މައްސަލައަށް ހައްލު ހޯދުމަށް ކޮންމެ ކަމެއް ކުރަން ޖެހުނަސް ކުރާނެ ކަމަށްވެސް އޭނާ ބުނެއެވެ. މި މައްސަލާއިގައި އޭނާ މަސައްކަތް ކުރަނީ ހަމަ އެކަނި އަމިއްލަ ހައްގަށް ނޫން ކަމަށާއި މިފަދަ ކިތަންމެ ރިސޯޓެއް ރާއްޖޭގައި ހުރި ކަމަށް ޓޫރިޒަމް މިނިސްޓަރުވެސް ފާހަގަ ކުރައްވާފައި ވާ ކަމަށް އޭނާ ބުނެއެވެ.
އޭގެ އިތުރުން އޭނާ ބުނީ މިއީ ދޫކޮށްލެވޭނެ މައްސަލައެއް ނޫން ކަމަށާއި މައްސަލައިގައި ކޯޓަށް ގޮސްގެން ކާމިޔާބު ވާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް ކަމަށެވެ.
ހޮނޑާފުށި ރިސޯޓުން އޭނާ ވަޒީފާއިން ވަކޮށްފައި ވަނީ ހުސްވި ޑިސެމްބަރު މަހު 29 ވަނަ ދުވަހެވެ. އަދި މިއަދު އެ ރިސޯޓުން ވަނީ މީޑިއާގައި ދެކެވޭ ވާހަކަތަކާއި ޝިމްހާޒް ގެ ވަހަކަ ދޮގުކަށް ނޫސް ބަޔާނެއް ނެރެފައެވެ. ހޮނޑާފުށިން ނޫސްބަޔާނެއް ނެރެފާވާއިރު ޝިމްހާޒް ބުނެފައި ވަނީ އޭނާވެސް މިކަމާ ގުޅޭގޮތުން ނޫސް ބަޔާނެއް ނެރުމަށް ތައްޔާރު ވަމުން ދާ ކަމަށެވެ.
ސާބަސް އެކޮއި
ތިކަމަކީ ކޮންމެހެން ކުރަންވެއްޖެ ކަމެއް ސިމްހާޒް އަށް އައްސަރިބަސް ކުރިއަސް ވަޑައިގަންނަވާ
ކަރާ ފަޅާލާފަ ދޫކޮށްލާންވާނީ
ޢަލީވަހީދަށް ދޫނުކުރާތި ސާބަހޭ