ނ. މާޅެންދޫ ފަޅުތެރެއަށް ސީ އެމްބިއުލާންސެއް ދިޔަވެ، އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފުން ބުނީ ސީ އެމްބިއުލާންސެއް ބަލިމީހަކު ގޮވައިގެން މާޅެންދޫ ނެރުން ނިކުންނަން އުޅެނިކޮށް ބާނި ބޮޑުވެ، ޖެހި ރާޅަކާއި އެކީ ނެރު ތޮޅިގަނޑުގަި ޖެހި ލޯންޗުގެ ދަށުން ފަށައިގެން ގޮސް ދިޔަވެ، އަޑިއަށް ގޮސްފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ލޯންޗު ނެގުމުގެ މަސައްކަތް އެމްއެންޑީއެފް ނޯތް އޭރިއާ ކޯސްޓް ސްކޮޑްރަންގެ ޑައިވަރުން މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީިއެފުން ބުނީ، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ، ރޭ ފަތިހު 5:30 ހާއިރު ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު ލޯންޗުގައި 7 މީހުން ދަގތުރު ކުރަމުން ދިޔައިރު، ސީ އެމްބިއުލާންސް ފަޅު ތެރެއަށް އަޑިއަށް ދިއުމުގެ ކުރިން، ލޯންޗު ފަޅަށް ވެއްދުމަށްފަހު، ލޯންޗުގައި ތިބި މީހުން ސަލާމަތްތެރި ކަމާއި އެކު މީހުން ލޯންޗުން ބާލާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މިއީ ސީ އެމްބިއުލާންސަކަށް މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެވެ.