ސީޕްލޭން ޓާމިނަމް ހިންގުމުގެ ގާބިލުކަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓް ލިމިޓެޑް ކޮމްޕެނީ (އެމްއޭސީއެލް) ގައި އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ހިންގުން ޖީއެމްއާރު އަތުން ނެގުނީ އެމްއޭސީއެލްގައި އެކަން ކުރުމުގެ ގާބިލްކަން ހުރުމުން ކަމަށެވެ.
އަދި އެމްއޭސީއެލްގައި އެ ޓާމިނަލް ހިންގުމުގެ ގާބިލްކަން ހުރިކަންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
ޗައިނާގެ ބީޔޫސީޖީ ކުންފުންޏަށް ދީގެން 40 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ އާ ސީޕްލޭން ޓާމިނަލްއާ ގުޅޭ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ދާދި ފަހުން ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން ވަކި ކުންފުންޏަކަށް ފައިދާވާ ގޮތަށް އަދި ދައުލަތަށް ގެއްލުންވާ ގޮތަށް އެތަން ހަވާލުކުރަން އުޅޭ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
އެއާޕޯޓުގައި އާ ސީޕްލޭން ޓާމިނަލް ނިމުމުން ޓާމިނަލް ހިންގައިގެން ސަރުކާރަށް ބޮޑު ފައިދާއެއް ވާން އޮތް ނަމަވެސް ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭއަށް ދިނުމަށް އެ ކުންފުނިން މަޝްވަރާ ކޮށްފައި ވެއެވެ.
ފެނިގެންމިދަނީ އެމްއޭސީއެލްގެ ބައެއްވެރިންގެ ކަރަޕްޝަން ހުރިވަރު ނޫސްތަކުގަ ޖެހީމަވެސް ބަލައިނުލާ ރޯމާދުވާލު 0 ޓޮލަރަންސް ގެދަށުން އަމިއްލަޖީބު ފުރަންކުރަމުންދާ މަސައްކަތް މަހިތައްއަރާ މީކަން ޚިޔާނާތަކަށް ނުވާނެބާއޭ ކޮށްމެމީހަކު ކުރިއަސް މިކަންނުވާނެ ރަނގަޅަށް ހިނގަމުންދާ ކަމަކަށް...