ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާ 2 ބިދޭސީއަކު ފުރުވާލި މައްސަލައަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހިނގާފައިވާ ކަމެއް ކަމަށާއި އެފަދަ ކަންކަން ހައްލު ކުރުމަށް އެއްބާރުލުން ދެއްވާނެ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތި އެތެރެ ކުރުމުގެ ދެ މައްސަލައެއްގައި ހިމެނޭ ބަންގްލަދޭޝްގެ ދެމީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ދެމީހުން ފުރުވާލި މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ހުށަހަޅާފައެވެ.
އެމައްސަލައާ ގުޅިގެން ހަނަފީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހިނގާފައިވާ ކަމެއް ކަމަށެވެ. އަދި އެފަދަ މައްސަލަތައް ހައްލު ކުރުމަށް އިމިގްރޭޝަންގެ ފަރާތުން ކަމާގުޅުން ހުރި އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް އަރުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމައްސަލައާ ގުޅިގެން ޕީޖީ ހުސެއިން ޝަމީމްވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ގައުމުގައި ހަަމައަކަށް އެޅެންޖެހޭ މުހިންމު ބައެއް ކަންކަން އެބަހުރި ކަމަށެވެ.
އެ ދެ ބީދޭސީން ފުރުވާލި މައްސަލަ ބެލުމަށް އެންއައިސީއަށް ޕީޖީން ހުށަހަޅާފައި ވާއިރު، އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އެ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
ޡހަނަފީއަކީ މަރުމޯލެއް. މަނީލޯންޑަރ ކުރި ބަންގާޅީ ފޮނުވާލީވެސްމީނަ. މީ މިކަމަށް ކުފޫހަމަވާ މީހެއްވެސްނޫން ވަރަށް މަބޮޑޭވާ ގޮލައެއް