2020 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ޓޫރިޒަމް މިނިސްޓަރީން ޝޯއެއް ބާއްވާކަން އިއުލާމު ކުރުމާ އެކު ޑރ. މުހައްމަދު އިޔާޒު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާ އަހަރު ފާހަގަ ކުރުމަށް ބާއްވާ ޝޯ އިއުލާން ކުރުމަށް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވާ އިޔާޒް ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުން ޝޯ ބާއްވާތީ އެންމެ ބޮޑަށް ފާޑުކިޔުއްވި ބަޔަކީ މިހާރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން ކަމަށެވެ.

އަދި އެ ބޭފުޅުންނަށް އާރާއި ބާރު ލިބިވަޑައިގަތުމުން ކުރީގައި ދައްކަވާފައި ހުރި ވާހަކަތަށް ހަނދާން ނެތިފައި ވާ ކަމަށްވެސް އިޔާޒު ވިދާޅުވެފައި ވެއެވެ. އަދި މިކަމާ ހިތާމަ ކުރައްވާކަން ވަނީ ފާހަގަ ކުރައްވާފައެވެ.

އާ އަހަރުގެ ޝޯ އަކީ ކުރީގެ ސަރުކާރުން ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަމުން އައިސްފައިވާ އިވެންޓެކެވެ. އެގޮތުން ބޭރުގެ މަޝްހޫރު ފަންނާނުން ރާއްޖެ ގެނެސް މީގެކުރީން ވަނީ އާ އަހަރުގެ ޝޯ ބާއްވާފައެވެ.

ސަރުކާރުން އާ އަހަރުގެ ޝޯއެއް ބޭއްވުމަށް ނިންމާފައި މިވަނީ މިއަހަރުގެ އާ އަހަރުގެ ޝޯ ނުބާއްވާނެ ކަމަށް ވާހަކަތަކެއް ދެކެވެމުން ދިޔަ ދަނޑިވަޅެއްގައެވެ.