މާލޭގައި ދިރިއުޅެމުން ދިޔަ 34 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.

ފުލުހުން ބުނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން މީހަކު ގެއްލިގެން ހޯދަމުން ދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވާ ކަމަށާއި އެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 9:00 ހާއިރު ކަމަށެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ހުސެން ޝިފާއު ކިޔާ ދިވެހި ފިރިހެނެކެވެ. އޭނާ ގެއްލިގެން ހޯދަމުން ދާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ އޭނާގެ އަންހެނުން ޕޯސްޓެއް ހިއްސާކޮށް އޭނާ ހޯދުމަށް އެހީތެރިވުމަށް އެދިފައެވެ. އަދި މިހާރު ފެނިފައި ވާ ކަމަށް ބުނެ އެޕޯސްޓް ދާދި ދެންމެ ޑިލީޓް ކޮށްފިއެވެ.

ގެއްލިގެން އުޅުނު މީހާގެ ޣާތް އެކުވެރިން ޓްވީޓުގައި ބުނެފައިވަނީ އޭނާ ގެއަށް އައީ އެކަނި ކަމަށާ ހެޔޮހާލުގައި ހުރި ކަމަށެވެ. އޭނާއާ ބެހޭ ގޮތުން ޓްވީޓް ކުރި މީހުންގެ ތެރޭގައި އެމްއާރުއެމްގެ ކައުންސިލް މެންބަރު އަބްދުލްއަލީމް ހިމެނެއެވެ.

ގެއްލިގެން ހޯދި މީހާ ފެނުނު އިރު އޭނާ ގެއްލެން ދިމާވި ސަބަބެއް އަދި ސާފުވާގޮތެއް ނުވެއެވެ.

މިމަހުގެ 26 ވަނަ ދުވަހު ބ ކެންދޫން ދޯންޏެއްގައި ކަނޑަށް ނުކުމެ އުޅުނު މީހަކުވެސް ގެއްލިގެން، އެމްއެންޑީއެފްގެ އެހީގައި ހޯދާފައެވެ.