"މޮޅެތި ވާހަކަތައް" ދެއްކެވުމަށްފަހު ނުކުންނަވައި، އަނެއްކާ އަނެއްކާ ސަރުކާރު ވައްޓާލައްވަން މަސައްކަތް ފައްޓަވާނީ ނޫން ކަމަށް ވިދާޅުވެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ މުހައްމަދު މޫސަ (އުއްޗު) އަށް، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ފާޑުވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީ ފަށާއިރު ޕްރޮގްރާމުގައި މިއަދު ވާހަކަ ދައްކަވަމުން އުއްޗު ވިދާޅުވީ، ޓެކްހަކީ ނަގަން ޖެހޭ އެއްޗެއް ކަމަށާއި ނަމަވެސް ސަރުކާރުން ޓެކްސް ނަގަނީ ރައްޔިތުން ސަރުކާރުގައި އެދިގެން ކަމަށެވެ.
އުއްޗު ވިދާޅުވީ ރައްޔިތުން އެމީހުންގެ ބޭނުންތައް ފުއްދުމަށް ސަރުކާރުގައި އެދެމުންދާ އިރު، އެ އެދުންތައް ފުއްދައިދިނުމަށް ސަރުކާރުތަކުން މަސައްކަތް ކުރަން، ޓެކްސް ނަގަން ޖެހޭ ކަމަށެވެ. ރައްޔިތުންގެ ޑިމާންޑްތަކާ އެއްވަރަށް ކަންތައްތައް ކޮށްދޭނެ ފައިސާ ދައުލަތުގެ ބަޖެޓުގައި ނެތް ނަމަވެސް، ރައްޔިތުން އެދުނު ކަންކަން ވާން ރައްޔިތުން ބޭނުން ވުމުގެ ނަތީޖާއަކީ ޓެކްސް ނެގުން ކަމަށެވެ.
"ސަރުކާރުން ކޮން ތަނަކުންތޯ ލާރި ހޯދަނީ، ސަރުކާރުން އެބަޖެހޭ (ލާރި) ނަގަން ކޮންމެސް ތަނަކުން ނޫނީ ކިހިނެތް ކަންކަން ކޮށްދޭނީ؟ ދެން ނުކޮށްދީފިއްޔާ އަނެއްކާ ހަޅޭއްލަވަންވީ އަޅުގަނޑުމެން، އެހެންވީމަ ސަރުކާރަށް އެބަ މަޖުބޫރުވޭ ޓެކްސް ނަގަން، އެމަޖުބޫރު ކުރުވަނީ ރައްޔިތުން،" އެނާ ވިދާޅުވިއެވެ.
އެކަމަށް ރައްދު ދެއްވައި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވީ "މޮޅެތި ވާހަކަތައް ދެއްކުމަށްފަހު ނުކުމެ، އަނެއްކާވެސް ސަރުކާރު ވައްޓާލުމުގެ މަސައްކަތް ފަށާނީ" ނޫން ކަމަށެވެ.
ހަސަން ކުރެއްވި ޓްވީޓަށް ރައްދު ދެމުން މީހަކު ވަނީ ތަންކޮޅެއް ހަރުދަނާ ވުމަށް ގޮވާލާފައެވެ.
"އަޅުގަނޑު އެއިން ވިޔަފާރިވެރިއެއްގެ އަރިހުން ހޯދަން ބޭނުން ކޮންޓްރެކްޓެއް ނޫނީ ވަޒީފާއެއް ނެތީމަ ތިޔަ ވިދާޅުވާ ގޮތަށް ހަރުދަނާވާން އަޅުގަނޑަށް މި އޮތީ އަދި ދަސްނުވެ." ހަސަން އެ ޓްވީޓަށް ޖަވާބުދެއްވަމުން ވިދާޅުވެފައިވެއެވެ.
އުއްޗު އަކީ ރާއްޖޭގައި ގިނަ ރިސޯޓުތަކާއި ވިޔަފާރިތައް ހިންގާ ތަޖުރިބާކާރު ވިޔަފަރިވެރިއެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދައުރުގައި އުއްޗު ގެންދެވީ ދި ޓީވީގެ ނަމުގައި ޓީވީ ސްޓޭޝަނެއް ހިންގަވަމުންނެވެ. އޭރުގެ ސަރުކާރަށް ފާޑުކިޔާ ޕްރަގްރާމްތަކާއި، ތަފާތު ރިޕޯޓްތައް ވަނީ އުއްޗުގެ ދިޓީވީއިން ގެނެސްދީފައެވެ.
ޙަސަން ލަތީފްގެ އަޞްލުބޭނުމަކީ އުއްޗު އަށް ފާޑުކިޔައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތްފެއްޓުންކަން ވަރަށްސާފު އައްނި އަށް އެޑްވައިސްދޭ މީހަކުބުނި ސަރުކާރާ އިދިކޮޅަށް މުޒާހަރާ ކުރަން 100 މީހުން ގެނަޔަސް ކެއުމާއި ނިދުންދޭނެކަމަށް އިބޫ ވެރިކަމުގައި ހުރީމަ އައްނިއެއުޅެނީ މޮޔަވެގެން ދެން މިހާރު އައްނިގެ ސަޕޯޓް އެދަނީ ދުވަހުން ދުވަހަށް ދައްވަމުން އޭނާ ލާދީނީ އެމްޑީއެން ދިފާއުކުރަން އުޅެގެން ދިވެހިރައްޔިތުންނަށް އެނގިއްޖެ އައްނިގެ ފޮރުވައިގެން ގެންގުޅޭ އެޖެންޑާ .....
އަދި އުއްޗު ބޭ މޮޅު ކުރަން އެއްކޮޅަށް ވާހަކަ ދެއްކީމަ ވެސް ކަމުނުދިޔަ ހޭބަލި ވެދާނެ...