ލަންކާ މަގުމަތީ ބާޒާރުގައި މަޖިލިސް އިންތިހާބްގައި ޕީޕީއެމްއިން ބޭނުންކުރި ޓީޝާޓްތަކެއް ވިއްކަމުން އެބަދެއެވެ.

މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ޓީޝާޓުތަކެއް ބޭރު ގައުމެއްގެ ބާޒާރުގައި ވިއްކަން ހުރި ފުރަތަމަ ފަހަރެވެ.

2014 ވަނަ އަހަރު މަޖިލިސް އިންތިހާބުގައި ޕީޕީއެމް ކެމްޕޭނަށް ދުވާފަރު ދާއިރާގައި ބޭނުންކުރި ޓީޝާޓްގެ ބާކީ ހުރިބައި މިހާރު އަވަށްޓެރި ސްރީލަންކާގެ ބާޒާރުގައި ދަނީ ވިއްކަމުންނެވެ. ލަންކާގެ މަގުމަތީގައި އޮތް ބާޒާރުގައި ވިއްކަން ހުރި ޕީޕީއެމް ދުވާފަރު ދާއިރާގެ މަޖިލިސް އިންތިހާބުގައި ބޭނުންކުރި ޓީޝާޓްތަކުގައި ލިޔެފައިވަނީ ”ދުވާފަރު ދާއިރާއަށް ގުޅިގެން މަޖްލިސް ޔަގީން” މިހެންނެވެ.

ޓީޝާޓު ވިއްކަން ހުރި މީހާ ޓީޝާޓު ދައްކާލުމަށް ޓީޝާޓާއެކު ނަގާފައި ހުރި ފޮޓޯވެސް މީޑިއާތަކުގައި ދަނީ ދައުރުވަމުންނެވެ.

ލަންކާ ބާޒާރުގައި ވިއްކަން ހުރި ޓީޝާޓެއްގެ އަގު ހުރީ ލަންކާ ރުފީސްގެ 30 ރުފީސް އަށެވެ.