އަންނަ ބުރާސްފަތި ދުވަހު ހިފާ އިރުކޭތަ ރާއްޖެއަށް ފެންނާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އިރުކޭތަ ހިފާފަ ހުންނަތަން ދެ ގަޑިއެއްހާއިރު ފެންނަން ހުންނާނެ ކަމަށެވެ. އިރުކޭތަ ހިފާފައި ހުންނާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 7:40 އެހާކަށްހާއިރުއެވެ.

އިރުކޭތަ ހިފާފައި ހުންނަތަން ރާއްޖެއަށް އެއްކޮށް ނުފެންނާނެއެވެ. ރާއްޖެއަށް ފެންނާނީ ބައިކޭތަ ހިފާފައި ހުންނަ ތަނެވެ.

އިރުކޭތައިގެ މިސްރާބު ހުންނާނީ ސައުދީއަރަބިއްޔާގެ އިރުމަތިން ފެށިގެން ގޮސް ދެކުނު އިންޑިއާއިން ލަންކާ އަދި ސުމްޓްރާއާ ހަމައަށް ކަމަށެވެ.

އިރުކޭތަ ހިފުމުން ރާއްޖޭގައި ކޭތަ ނަމާދުކުރެއެވެ. އަދި މީގެ ކުރިން ބައެއް ދިވެހިން އެކި ކަހަލަ ވަސީލަތްތައް ބޭނުންކޮށްގެން އިރުކޭތަ ބަލައެވެ.