ސީރިޔާގެ ހަނގުރާމައިގެ ހަބަރުތަށް ގެނެސްދޭ ބިލާލް އަބުލް ކަރީމް ނަމަކަށް ކިޔާ މީހެއްގެ "ޔޫޓިޔުބް" ޗެނަލެއް ކަމަށްވާ "އޯޖީއެން" އަށް ސީރިޔާގައި ދިރިއުޅޭ ދިވެހި ހަނގުރާމަވެރިއަކު ދީފައިވާ އިންޓަވިއު އެއްގައި އެމްޑީއެން އާ ގުޅޭގޮތުން ވާހަކަ ދައްކައިފިއެވެ.

ޚައްޠާބު މާލްދީފީ ނަމަކަށް ކިޔާ މީހާ، އެމްޑިއެން އާ ގުޅޭގޮތުން ބުނެފައިވަނީ މައިގަނޑު މައްސަލައަކީ އެމްޑީއެން ނޫން ކަމަށެވެ.

އަދި މީގެ އެތަށް ދުވަސްތަކެއް ކުރިން "އެތިޒަމްގެ" ފިކުރުތަކާއި "ސެކިއުލާ" ފިކުރުތަށް ރާއްޖޭގައި ފެތުރެމުން އައި ކަމަށާއި އެއީ މަދުވބައެއް ނަމަވެސް އެ މަދު މީސްކޮޅުގެ މަސައްކަތްތަށް އޭރުއްސުރެ ފެށިފައި ވާ ކަމަށް އޭނާ ބުނެއެވެ.

އެމްޑީއެން ފިކުރުގެ މީހުން އައީ އެކި ދުވަސްވަރު އެކި ގޮތްގޮތުން ސަރުކާރުގެ މަތީ މަގާމު ތަކަށް ވަންނަމުން ކަމަށާއި އެ މަގާމު ތަަކަށް އިސް ކުރެވި މަގާމް ތަކުގެ ނުފޫޒު ހޯދަމުން އައި ކަމަށްވެސް އޭނާގެ ވާހަކައިގައި ބުނެއެވެ. އަދި ހަމަ އެހެންމެ ރައްޔިތުންގެ ލޮލުގައި އިސްލާހުގެ އެޖެންޑާއެއް އަޅުވައި ރައްޔިތުން އިސްލާހުގެ ޖަޒުބާތުގައި ޖައްސާ އެ ފިކުރުގެ މީހުން އެ މަގާމް ތަކާ ހަވާލު ވަމުން އައިސްފައި ވާ ކަމަށްވެސް އޭނާގެ ވާހަކައިގައި ފާހަގަ ކުރެއެވެ.

އޭނާ ބުނެފައި ވާ ގޮތުގައި އެ ފިކުރުގެ މީހުންގެ އެމީހުންގެ އެންމެ ބޮޑު އެއް މަގުސަދަކަށް ހަދާފައި ވަނީ އެ މީހުންގެ "ލާ ދީނީއްޔަތު" ފެތުރުން ކަމަށްވެސް އޭނާ ބުނެއެވެ.

މައްސަލަ އަކީ އެމްޑީއެން ނޫން ކަމަށާ މައްސަލަ އަކީ އެ ފިކުރުގެ މީހުން މިއަދު މުޅި ސަރުކާރުގެ ތެރެއަށް ފެތުރިފައި ވާތީ ކަމަށް އޭނާ ބުނެއެވެ. އަދި މަގާމު ތަކުގައި ތިބި މީހުން ދަނީ އެ މަގާމުތަށް ނަހަމަ ގޮތުގައި ބޭނުން ކޮށް ރައްޔިތުންގެ މައްޗަށް "ލާދީނީ" ގާނޫން ތަކެއް ހަދަމުން ކަމަށްވެސް އެ ޒުވާނާގެ ވާހަކައިގައި ވަނީ ފާހަގަ ކޮށްފައެވެ. އެ ގާނޫނުތަކުގެ ދަށުން އިސްލާމް ދީނާއި ރަސޫލާގެ ސުންނަތް ގަބޫލުކޮށް އެއަށް އަމަލުކޮށް އުޅެމުންދާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅެމުންދާ ކަމަށް އޭނާ ބުނެއެވެ.

އަދި އެއީ ބަޔަކު ރާވައިގެން "ޕްލޭންތަކަކާ" އެކު އައިސް މިހާރު ވެރިކަމާ ހަމައަށް ފޯރާފައި ވާ ކަމެއް ކަމަށާއި އިސްލާމް ދީން، މުލުން ލުހެލައި އިސްލާމްދީން ފޮހެލަން ރާއްޖޭގެ ސަރުކާރުގެ ބަޔަކު މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ތުހުމަތު ކުރެއެވެ.

އޭނާ ރާއްޖެ ދޫކޮށް ސީރިޔާއަށް ދިއުމަށް މެދުވެރިވި ސަބަބުވސް އެ އިންޓަވިއުގައި ކިޔައިދީފައި ވެއެވެ. އޭނާ ބުނީ އެތާނގައި އޭނާ އުޅޭތާ ދެ އަހަރެއްހާ ދުވަސް ވެދާނެ ކަމަށާ، ރާއްޖޭގެ ބައެއް ފަރާތްތަކުން ބުނާ އަދަދަށް ސީރިޔާގައި ދިވެހިން އުޅޭކަން އޭނާއަށް ނޭނގޭ ކަމަށެވެ.