ރާއްޖެއިން އެކްސްޕޯޓު ކޮށްގެން މިއަހަރު ނޮންބަރު މަހު އެކްސްޕޯޓުކުރި މުދަލުގެ އަގު މިދިޔަ 2018 އަހަރުގެ ނޮވެމްބަރު މަހާއި އަޅައި ބަލާއިރު 11 ޕަސަންޓު ދަށަށް ގޮސްފައިވާކަން ހާމަވެއްޖެއެވެ.

އެކްސްޕޯޓު ކޮށްގެން ލިބުނު އާމްދަނީ 2018 ވަނަ އަހަރު ކަސްޓަމަށް އެކްސްޕޯޓު ޑިއުޓީގެ ގޮތުގައި 454 މިލިއަން ރުފިޔާ ގެ މުދާ އެކްސްޕޯޓު ކޮށްފައި ވާއިރު، މިއަހަރު އެކްސްޕޯޓު ކޮށްފައި ވަނީ 405 މިލިއަން ރުފިޔާގެ މުދަލެވެ.

އެކްސްޕޯޓު ދަށްވި ނަމަވެސް، އިންޕޯޓުކުރެވުނު މުދަލުގެ އަގުވަނީ 4 ޕަސަންޓު މައްޗަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެންބަރު މަހު 4.2 ބިލިއަން ރުފިޔާގެ މުދާ އިންޕޯޓުކޮށްފައިވާއިރު، މިއަހަރުގެ ނޮވެންބަރު މަހު 4.3 ބިލިއަން ރުފިޔާގެ މުދާ އިންސްޕޯޓުކޮށްފައިވެއެވެ.

މިއާއެކު ދައުލަތައް ލިބުނު އާމްދަނީ ވެސް 1 ޕަސަންޓު ދަށަށް ގޮސްފައެވެ. ނިމިދިޔަ ނޮވެންބަރު މަހު އިންޕޯޓު އެކްސްޕޯޓު ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 265 މިލިއަން ރުފިޔާއެވެ.