ގަތަރުން ފުރަތަމަ ފަހަރަށް އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ހޮޓްއެއާ ބެލޫން ފެސްޓިވަލްގެ ކުލަގަދަ އިހުތިފާލުތައް، ދޯހާގައި ފަށައިފިއެވެ.

ހޮނިހިރު ދުވަހުގެ އިރު ތިރިވުމާއެކުހެން ވެރިރަށް ދޯހާގައި ފެށުނު ހޮޓްއެއާ ބެލޫން ފެސްޓިވަލަކީ، 12 ދުވަހަށް ދެމިގެންދާނެ ހަރަކާތެކެވެ.

މި ހަރަކާތުގައި 13 ގައުމަކުން 30 ހޮޓްއެއާ ބެލޫން ބައިވެރިކުރާއިރު، ކޮންމެ ދުވަހަކުވެސް 2 ގައުމެއްގެ ޓީމުން އެ ބައެއްގެ ހޮޓްއެއާ ބެލޫން އަރުވާނެއެވެ. މި ބެލޫންތައް އެންމެ އުސްވެގެން އުދެހޭނީ ބިމުގެ ސަތަހައިން ފެށިގެން 2000 ފޫޓު އުސްމިނުގައެވެ. ކޮންމެ ދަތުރަކަށް ހޭދަވާނީ ގަޑިއެއްހާއިރެވެ.

https://www.facebook.com/thepeninsulaqatar/videos/442058753381698/

ފީއެއް ނަގައިގެން ކުރި ކަމެއް ކަމުގައި ވީނަމަވެސް، އިރުއަރައިގެން އަންނަ ވަގުތު ހޮޓްއެއާ ބެލޫންގެ ދަތުރުތަކުން ފީއެއް ނުނަގާނެ ކަމަށް މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ. މި ވަގުތަކީ ހޮޓްއެއާ ބެލޫން ފްލައިޓް އޮޕަރޭޓްކުރަން އެންމެ ފަސޭހަ ގަޑިއެވެ.

މި ފެސްޓިވަލްގައި ބައިވެރިވެ، ހޮޓްއެއާ ބެލޫންއެއްގައި އިނދެގެން ގަތަރު ބަލާލުމަށް ޝައުގުވެރިވާ ގިނަ ބަޔަކު މިހާރު ވަނީ ދޯހާއަށް ޖަމާވެފައެވެ.