ސްކޫލް ޗުއްޓިއާ ދިމާކޮށް ސައިރިކްސް ކޮލެޖުން އިންތިޒާމް ކޮށްގެން ބާއްވާ "ކޮމްޕިއުޓާ ކޯޑިންގް ފޯ ކިޑްސް"ގެ ދެވަނަ ބުރު މިމަހު 9 ގައި ފަށަން ނިންމައިފިއެވެ.

ސައިރިކްސް ކޮލެޖުން ބުނީ، ސްކޫލް ކުދިންގެ ޗުއްޓީއަށް ހާއްސާކޮށްގެން އެ ކޮލެޖުން ހިނގަމުންދާ ޕްރޮގްރާމްތަކުގެ ތެރެއިން "ކޮމްޕިއުޓާ ކޯޑިންގް ފޯ ކިޑްސް" ގެ ދެވަނަ ބުރު މިމަހުގެ 9 ވަނަ ދުވަހު ފަށަަން ހަމަޖެހިފައިވާ ކަމަށެވެ. މިއަދު އެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވާ އިރު އެ ޕްރޮގްރާމް ފުރިހަމަ ކުރި ކުދިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

ސައިރެކްސް ކޮލެޖުގެ ގަލޮޅު ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮގްރާމް ފުރިހަމަ ކުރި ކުދިންގެ މަސައްކަތްތައްވެސް ވަނީ ދައްކާލާފައެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ޖުމްލަ 16 ކުދިން ބައިވެރިވި ކަމަށް ސައިރިކްސް ކޮލެޖުން ބުނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންގެ ބެލެނިވެރިން ބުނިގޮތުގައި އެއީ ދަރިވަރުންނަށް ވަރަށް ޝައުގުވެރި ޕްރޮގްރާމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ދެވަނަނ ޕްރޮގްރާމް ފަށަން ހަމަޖެހިފައިވާ ތާރީހަކީ މިމަހުގެ 9 ވަނަ ދުވަސް ކަން ފާހަގަކުރަމުން ސައިރިކްސް ކޮލެޖުން ބުނީ، އަދިވެސް ޖާގަހުރި މިންވަރަކުން ދަރިވަރުންނަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.