ނައިބު ރައީސް ފައިސަލް ނަސީމް އިންޑިއާގެ ނިމްސް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި އެވެ.

ނައިބު ރައީސް ނިމްސް ހޮސްޕިޓަލަށް ކުރެއްވި މި ޒިޔާރަތުގައި، އެމަނިކުފާނުގެ އަރިހުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ހުންނެވިއެވެ. މި ޒިޔާރަތުގައި ނިމްސް ހޮސްޕިޓަލުން ދިވެހިންނަށް ފޯރުކޮށްދޭ ހިތަމްތަކާއި އެތަނުގެ ވަސީލަތްތަކާ ބެހޭގޮތުން ހޮސްޕިޓަލުގެ ފަރާތުން ނައިބު ރައީސްއާ މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.

ނައިބު ރައީސް އިންޑިޔާއަށް ކުރައްވާ މިދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެކެވެ. ނައިބު ރައީސްގެ މިދަތުރުފުޅުގައި އެގައުމުގެ ކެރަލާ އަދި ކަރުނާޓަކާ ސްޓޭޓަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ދެގައުމުގެ ރައްޔިތުންގެ ދެމެދުގައިވާ ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ދެގައުމުގެ ދޭދޭ ގުޅުންތައް ހަރުދަނާ ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެއެވެ.

މިދަތުރުފުޅުގައި އިންޑިޔާގައި ދިރިއުޅޭ ދިވެހި އާއިލާތަކާވެސް ނައިބު ރައީސް ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.