ކ. މާފުށީގައި ރޭ ހިނގާދިޔަ މާރާމާރީއެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ހިންގާފައިވާ މާރާމާރީއެއްގެ މައްސަލަ ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި މާރާމާރީގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާވި ކަމަށާއި އެ އެންމެންނަށްވެސް މާފުށި ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މާރާމާރީއާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
ދާދިފަހުން މާލޭގައިވެސް ވަނީ ބިދޭސީއަކަށް ތޫނު އެއްޗަކުް ހަމަލާ ދީ ޒަހަމްކޮށްލާފައެވެ. އެ މައްސަލަ މިހާތަނަށް ހިނގަން މެދުވެރިވި ސަބަބު ފުލުހުން ހާމަކޮށްފައި ނުވާއިރު އެ މައްސަލާގައި މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމަށްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.